އެމްއެންޑީއެފްގެ ނޫސް ބަޔާން
02 ޑިސެމްބަރ 2019 11:14

ނޫސް ބަޔާން

 

02 ޑިސެމްބަރު 2019

 

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، މަރުކަޒު ''ގޮއްވާލާނެ" ކަމުގެ އިންޒާރުދިން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރާ ގުޅޭ ގޮތުން ދަންނަވަމެވެ. 18 ނޮވެމްބަރު 2019 ވީ ހޯމަ ދުވަހުގެރޭ، 21:00 ހާއިރު ބަންޑާރަކޮށި މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި "ސީ ----" ބޯޑު ޖަހާފައިވާ ވޭންއެއް ވަނުމާއެކު ވަނީ ހުއްޓުވާފައެވެ. މި ވޭން ހުއްޓުވައި ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ ޑްރައިވަރެކެވެ. މި ވޭންގައި އިތުރު މީހަކު ނެތެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ދަނީ އިތުރަށް ތަޙުޤީޤް ކުރަމުންނެވެ.

މިއަދުގެ މާހައުލުން އެއްވެސް ގޮތަކަށް ޝައްކުކުރެވޭފަދަ އެއްވެސް ބާވަތެއްގެ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެކަމުގައިވާނަމަ، މިކަން ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް އެންގުމަށް މި ފުރުޞަތުގައި ހުރިހާ ރައްޔިތުންނަށް ހަނދުމަކޮށް އަރުވަމެވެ.


Video : 4th Indian Ocean Conference...