ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް ޕޯރޓް ސެކިއުރިޓީ ކޯހެއް ކޯސްޓްގާޑުން ފަށައިފި
22 ޑިސެމްބަރ 2019 08:59

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ "ސެޓިފިކެޓް 1 އިން ޕޯރޓް ސެކިއުރިޓީ ޓްރެއިނިންގ” ކޯސް މިއަދު ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ގޮތުން ގިރިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. މި ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓާރގައި ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 30 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.

މިއަދުން ފެށިގެން ތިން ހަފުތާގެ މުއްދަތައް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިންނަށް އުނަގަންނައިދޭ ބައިތަކުގެ ތެރޭގައި ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނިކްސް، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯރޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވައިރަމަންޓް، ފަސްޓް އެއިޑް، ސެކިއުރިޓީ އިކުއިޕްމަންޓް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިއުރިޓީ ޓެކްނިކްސް އެންޑް ޕްރޮސީޖަރސް އަދި ކޯޕަރޭޓް އެންވަޔަރމަންޓް ހިމެނެއެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް ހިންގާ މި ކޯސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު މުޖުތަބާއާއި އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް ޝާހިދު ޢަލީ އާއި އެމްޕީއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އިބްރާހީމް ޢަބްދުﷲ ބައިވެރިވެލެއްވިއެވެ. އަދި ކޯހުގައި މުދައްރިބުންގޮތުގައި މަސައްކަތްކުރައްވާ ކޯސްޓްގާޑްގެ ސިފައިން ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...