އެމްއެންޑީއެފްގެ ނޫސް ބަޔާން
24 ޑިސެމްބަރ 2019 18:33

ނޫސް ބަޔާން

 

24 ޑިސެމްބަރު 2019

 

24 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 19:00 ން ފެށިގެން ދިވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ2" އަށް ބަދަލުކުރެވޭނެއެވެ. އެހެންކަމާއިއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެއެވެ. މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެއެވެ. މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަޤީންކުރަމެވެ. އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.


Video : 4th Indian Ocean Conference...