ޔޮޓެއްގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެ
06 ޖެނުއަރީ 2020 11:01

ކ. ކުޑަވިލިނގިލި ފަޅުތެރޭގައި އަޅާފައި އޮތް އޮސްޓްރޭލިއާ ޔޮޓެއްގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައި ވަނީ މިއަދު ފަތިހު 05:42 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުންނާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ލޯންޗް ވަނީ ވަގުތުން އެ ސަރަހަށްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި އަލިފާން ރޯވީ، "ވެނިޓާ" ނަމަކަށް ކިޔާ ޔޮޓެއްގައެވެ. މި ހާދިސާ ހިނގިއިރު އެ ޔޮޓުގައި ތިބި ތިން މީހުންނަށް އަލިފާނުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން ކ.ތުލުސްދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންދެވިފައެވެ. ޔޮޓުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު ހެނދުނު 09:30 ހާއިރު އެ ޔޮޓު ވަނީ އަޑިއަށް ގޮސްފައެވެ.


Video : 4th Indian Ocean Conference...