ގދ. މަޑަވެލީ ގެއެއްގައި ރޯވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔަރމަނުން ހަރަކާތްތެރިވެއްޖެ
09 ޖެނުއަރީ 2020 10:51

ގދ. މަޑަވެލީ، ނާރެސް ނަމަކަށް ކިޔާ ގެއެއްގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ، ގދ. ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:20 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ގދ.ތިނަދޫން ފުރައިގެން ފަޔަރމަނުން ވަނީ ގދ. މަޑަވެއްޔަށް މިއަދު ހެނދުނު 08:47 ހާއިރު ގޮސްފައެވެ. ފަޔަރމަނުން ދިޔައިރު، އެގޭގައި ރޯވި އަލިފާން ރަށުގެ ރައްޔިތުން ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ހަ ކޮޓަރި ހުރި އެގޭގެ ހަތަރު ކޮޓަރިއެއް، އެއްކޮށް އަނދާފައިވާއިރު، ދެ ކޮޓަރިއަށް ދުމުގެ އަސަރުކޮށްފައިވެއެވެ.


Video : 4th Indian Ocean Conference...