އެންސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
01 ފެބްރުއަރީ 2020 19:48

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮން ކަމިޝަންޑް އޮފިސަރސް އެކެޑެމީ (އެންސީއޯ އެކެޑެމީ) ގެ 10 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކޮށްފިއެވެ.

އެންސީއޯ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ކ.ގިރިފުށީގައި ޖަމާޢަތުގައި ފަތިސް ނަމާދު ވަނީ ކޮށްފައެވެ. އަދި އެކަޑަމީގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ހެނދުނު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އެވެ.

އެންސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ އެކަޑަމީގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މި ރަސްމިއްޔާތުގައި އެންސީއޯ އެކެޑެމީގެ ވޯލް އޮފް އޮނަރ ޗީފް އޮފް ޑިފެންސް ފޯސް ވަނީ ރީއޯޕެންކޮށްދެއްވާފައެވެ. ހަމަ އެހެންމެ މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސީނިއަރ އެންލިސްޓެޑް ޖޮއިންޓް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ވެސް ތަޢާރަފުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އެ އެކަޑަމީގައި އަލަށް ފަރުމާކޮށްފައިވާ ކޯސް "ސްޓާފް އެންސީއޯ ކޯސް" ތަޢާރަފުކޮށްދެއްވައި އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ޑިސްޓެންސް ލަރނިންގ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. އަދި އެ އެކެޑެމީގެ 10 އަހަރު ދުވަހުގެ ޚިދުމަތުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް މި ރަސްމިއްޔާތުގައި ވަނީ ހުށަހަޅާފައެވެ.

މި ރަސްމިއްޔާތުގައި "އެންލިސްޓެޑް ކޯރ ޑިވެލޮޕްމަންޓް އިނީޝިއޭޓިވް" އިފްތިތާޙް ކުރުމުގެ އިތުރުން އެ އެކެޑެމީގެ އެނުއަލް ސަޕްލިމެންޓް ނެރެދެއްވީ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އެންސީއޯ އެކަޑެމީގެ ފުރަތަމަ ޑައިރެކްޓަރ ކާނަލް އަޙްމަދު ޝަރީފް ވެސް ވަނީ އެންސީއޯ އެކަޑަމީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެންސީއޯ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށްފަހު އަހަރީ ކޭކް ވަނީ ފަޅާފައެވެ.

ކ.ގިރިފުށީގައި ހުންނަ ނޮން ކަމިޝަންޑް އޮފިސަރ އެކެޑެމީ (އެންސީއޯ އެކަޑަމީ) އަކީ އެމްއެންޑީއެފްގެ ނޮން ކޮމިޝަންޑް އޮފިސަރުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް ރޭންކް ޓްރޭނިންގތައް ދިނުމަށް ކ.ގިރިފުށީގައި 2010 ފެބްރުއަރީ 1 ވަނަ ދުވަހު ހުޅުވުނު އެކަޑަމީއެކެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ވޮރަންޓް އޮފިސަރުންނާއި ސާޖަންޓް މޭޖަރުންނާއި އެ އެކަޑަމީިގެ މިހާރު ކުރިއަށްދާ ބައެއް ކޯސްތަކުގެ މުދައްރިބުންނާއި ދަރިވަރުން ވެސް ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...