ވޭތުވެދިޔަ 10 އަހަރު ތެރޭގައި، އެންސީއޯ އެކަޑަމީން 1841 އެންސީއޯއިން ތަމްރީނުކޮށްފި
01 ފެބްރުއަރީ 2020 22:23

ކ.ގިރިފުށީގައި ހުންނަ އެމްއެންޑީއެފް ނޮން ކަމިޝަންޑް އޮފިސަރސް އެކަޑަމީ (އެންސީއޯ އެކަޑަމީ) އިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 1841 އެންސީއޯއިން ތަމްރީނުކޮށްފިއެވެ.

ވޭތުވެދިޔަ 10 އަހަރަކީ ހުރިހާ ގޮތަކުން ވެސް އެންސީއޯ އެކަޑަމީއަށް ކާމިޔާބު 10 އަހަރެވެ. މިގޮތުން، އެންސީއޯ އެކަޑަމީން ކުރިއަށްގެންދާ އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ނިޒާމްގެ ދަށުން، އެ އެކަޑަމީގައި 36 ކޯޕްރަލް ކޯހާއި، 28 ސާޖަންޓް ކޯހާއި، 8 އެންސީއޯ ކެރިއަރ ކޯހާއި، 5 އެންސީއޯ އެޑްވާންސް ކޯސް ވަނީ ހިންގާފައެވެ. އަދި، އެންސީއޯ އެކަޑަމީގެ ފުރާޅުގެ ދަށުން މިހާތަނަށް، 1039 ކޯޕްރަލުންނާއި، 618 ސާޖަންޓުންނާއި، 128 ސްޓާފް ސާޖަންޓުންނާއި، ސާޖަންޓް ފަސްޓް ކްލާސް އަދި ފަސްޓް ސާޖަންޓް ރޭންކުގެ 56 އެންސީއޯއިންނާއެކު ޖުމުލަ 1841 އެންސީއޯއިން ދަސްވެނިވިފައިވެއެވެ. އޭގެ ތެރޭގައި 53 އަންހެން އެންސީއޯއިން ހިމެނެއެވެ.

އެންސީއޯ އެކަޑަމީގެ އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ނިޒާމްގެ ދަށުން ވޭތިވެދިޔަ 10 އަހަރު ހުއްޓުމެއްނެތި އެންސީއޯ އެކަޑަމީން ހިންގި ގިނަ އަދަދެއްގެ ޕްރޮގްރާމްތަކުގެ ސަބަބުން، އަސްކަރިއްޔާގައި މަސައްކަތްކުރާނެ ޤާބިލް ލީޑަރުން އެންސީއޯ އެކަޑަމީން އުފައްދައިދީފައިވެއެވެ. މިގޮތުން ދިވެހި އަސްކަރިއްޔާގެ ހުރިހާ ސަރވިސް ބްރާންޗަކާއި، އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކޮމާންޑް ތަކަކަށް އެންލިސްޓެޑް ލީޑަރުން ތަމްރީނުކޮށްފައިވެއެވެ.

އެންސީއޯ އެކަޑަމީ އިފްތިތާހުކުރެވިފައިވަނީ، 2010، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހެވެ.


Video : 4th Indian Ocean Conference...