އައްޑޫ ސިޓީއަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް ފެނިއްޖެ
07 ފެބްރުއަރީ 2020 06:16

ހަތަރު މީހުނާއެކު ގދ.ފިޔޯރީން ފުރައިގެން އައްޑޫ ސިޓީ ހިތަދޫއަށް ދަތުރުކުރި "މިހޯ ޕެލެސް" ނަމަކަށް ކިޔާ ލޯންޗެއް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް މިރޭ ފަތިހު ފެނިއްޖެއެވެ.

އިއްޔެ ހަވީރު 16:30 ހާއިރު މި ލޯންޗު ގދ.ފިޔޯރީން ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވަނީ ރޭ 22:33 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗު އެފްއައިސީ ދޮޝިމޭނާ ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ލޯންޗު ފެނިފައިވަނީ މިރޭ ފަތިހު 04:00 ހާއިރު އައްޑޫ ސިޓީ ހިތަދޫގެ އުތުރުން 15 މޭލު ބޭރުންނެވެ. މި ލޯންޗު މިރޭ ފަތިހު 05:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ގެންދެވިފައެވެ.

އަދި މި ލޯންޗުން ދަތުރުކުރި 4 މީހުންގެ ހާލުވެސް ރަނގަޅެވެ.


Video : 4th Indian Ocean Conference...