ކ. ގިރާވަރުގެ އުތުރު ކަނޑުން ބޯޓެއް އޮޔާދާތީ، ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަން
12 ފެބްރުއަރީ 2020 17:25

ކ. ގިރާވަރުގެ އުތުރު ކަނޑުން "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ.

އެއްވެސް މީހެއް ނެތި މި ބޯޓު އޮޔާދާކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރުއެވެ. އެމްއާރުސީސީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ.ގިރާވަރު ކަނޑުން ހުޅަނގަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އަދި މި ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަހައްދު މޮނީޓަރ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެސަރަހައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.


Video : 4th Indian Ocean Conference...