ބޯޓެއްގައި ކަފުޖަހާފައި އޮތް ހަލްއެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
26 ފެބްރުއަރީ 2020 16:50

މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި "މިންނަތު" ބޯޓުގައި ކަފުޖަހާފައި އޮތް "ހަމްރާޒް" ނަމަކަށް ކިޔާ ލޯންޗް ހަލްގަނޑެއް ވ.އަތޮޅު ތެރެއިން ކަނޑައިގެންގޮސް ގެއްލުމާއި ގުޅިގެން މި ހަލްގަނޑު ހޯދުމުގެ މަސައްކަތް ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މި ހަލްގަނޑު ކަނޑައިގެން ދިޔަކަމަށް ލަފާކުރެވެނީ ވ.އަތޮޅުގެ ތެރެއިންކަމަށް ބޯޓުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. މި ހަލްގަނޑަކީ 20 ފޫޓް ދިގު، އިންޖީނު ނަގާފައިވާ ހުދު ކުލައިގެ ހަލްގަނޑެކެވެ. މި ހަލްގަނޑު ކަނޑައިގެން ދިޔައިރު މީގައި އެއްވެސް މީހަކު ނެތެވެ.

މި ހަލްގަނޑާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް  ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވުން އެދެމެވެ.


Video : 4th Indian Ocean Conference...