ބިގްމަން އެންޑް ކޯރ ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ
02 މާރޗް 2020 11:45

ޗާންދަނީ މަގުގައި ހުންނަ ބިގްމަން އެންޑް ކޯރ  ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

މިއަދު ހެނދުނު 07:52 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި އެ ކެފޭގައި އަލިފާން ރޯވެފައިވަނީ ބަދިގެތެރެއަށް ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ހިނގި ގޭސް އެކްސްޕްލޯޝަނެއްގައެވެ. އަދި މި ހާދިސާ އެމްއެންޑީއެފް އެފްއާރުއެސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މި ހާދިސާގައި އެ ރެސްޓޯރަންޓުގައި މަސައްކަތްކުރާ ބިދޭސީ މީހަކު ފިހިގެން އިތުރު ފަރުވާއަށް ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

ބިގްމަން އެންޑް ކޯރ  ކެފޭގައި ހިނގި މި ހާދިސާ އާ ގުޅިގެން އެ ކެފޭއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.


Video : 4th Indian Ocean Conference...