ފަތުރުވެރިން ތިބި ޔޮޓެއް ފަރަށް އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
03 މާރޗް 2020 12:28

ފަތުރުވެރިންތަކެއް ތިބި، "ގްރޭންޑެޒާ" ނަމަކަށް ކިޔާ ޔޮޓެއް ގއ.ގެމަނަފުށީގެ ހުޅަނގު އުތުރު ކަންމަތިން ފަރަށް އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްެތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 07:31 ހާއިރު ލިބުމާއެކު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާ ހިނގި އިރު މި ޔޮޓުގައި ޖުމްލަ 16 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 07 ފަތުރުވެރިންނާއި 09 ފަޅުވެރިންނެވެ. މި ޔޮޓު ފަރަށް އެރުމާގުޅިގެން ޔޮޓުގައި ތިބި މީހުން ގެމަނަފުށި ރައްޔިތުންގެ އެހީތެރިކަމާއެކު ގއ.ގެމަނަފުއްޓަށް ވަނީ ގެންގޮސްފައެވެ.

މި ޔޮޓު ފުންކުރުމަށް ޔޮޓުގެ ވެރިފަރާތާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.


Video : 4th Indian Ocean Conference...