ޖުމްހޫރީ މައިދާން ސަރަޙައްދުން ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން އެމްއެންޑީއެފް އީއޯޑީ ޓީމުން ހަރަކާތްތެރިވެއްޖެ
11 މާރޗް 2020 14:33

ޖުމްހޫރީ މައިދާން ސަރަޙައްދުން ގޮތް ނޭނގޭ ފޮއްޓެއް ފެނިގެން އެމްއެންޑީއެފް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ޓީމުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 10:49 ހާއިރުއެވެ. ޖުމްހޫރީ މައިދާނުގެ އުތުރު ފަރާތުގައި ބަހައްޓާފައި ހުރި ޑަސްޓްބިނެއްކައިރިން ފެނިފައިވާ ގޮތް ނޭނގޭ ފޮއްޓަކީ ރަތްކުލައިގެ ފޮއްޓެކެވެ. މި ފޮށި ފެނުމާއެކު އެމްއެންޑީއެފް އީއޯޑީ ޓީމުން ހަރަކާތްތެރިވެ ބަލާ ފާސްކުރި ކުރުމުން އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެއެވެ.

މި ފޮށި އިތުރަށް ބަލާ ފާސްކުރުމަށް ވަނީ ސިފަވަރަށް ގެންދެވިފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ސިފަވަރުގައި މި ފޮށި ބަލާ ފާސްކުރި އިރު ފޮށްޓަކީ އެއްވެސް އެއްޗެއް ނެތް ހުސް ފޮށްޓެކެވެ.


Video : 4th Indian Ocean Conference...