އެންދަމަން ފީނި މީހަކު ހާލުބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ. ތިނަދޫއަށް ގެންގޮސްދީފި
12 އޭޕްރީލް 2020 18:46

ގދ. ތިނަދޫއާ 24 ނޯޓިކަލް މޭލު ބޭރުން އެންދަމަން ފީނި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ. ތިނަދޫއަށް ގެންގޮސްދީފިއެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 22:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު މެޑިކަލް ސްކޮޑަކާއެކު ތިނަދޫ، ސީއެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. "ކަޅިރަވަ" ނަމަކަށް ކިޔާ ދޯނިން އެންދަމަަން ފީނި މި މީހާ ވަނީ 43 މީޓަރު އަޑިއަށް 10 މިނެޓް ވަންދެން ފުޅިއަޅައިގެން ފީނާފައެވެ. އަދި މިމީހާގެ ހާލު ބޮޑުވެފައި ވަނީ ފީނުމަށްފަހުން މައްޗަށް އެރިފަހުން ނޭވާލާން އުނދަގޫ ވެގެންނެވެ.

މިރޭ 11:27 ހާއިރު ގދ.ތިނަދޫއަށް ގެންގޮސްދީފައި ވަނީ އުމުރުން 42 އަހަރުގެ ދިވެއްސެކެވެ. އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިމީހާ ގދ. ތިނަދޫއަށް ގެންގޮސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.


Video : 4th Indian Ocean Conference...