އެންދަމަން ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
17 އޭޕްރީލް 2020 22:21

ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށް ފުޅިއަޅައިގެން އެންދަމަން ފީނި، މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 20:12 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެ އޭރިއާ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުން ދަނީ "އަސްދާން" ނަމަކަށް ކިޔާ ދޯނިން އެންދަމަން ފޭބި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.  

އެމްއެންޑީއެފް ކޯސްޓްގާޑާއި އެ ދޯނީގެ ޑައިވަރުން ގުޅިގެން އޭނާ ހޯދަމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިރޭ 23:30 ހާއިރު 50 މީޓަރު އަޑިންނެވެ. އަދި މިހާރު އޭނާ ވަނީ ގދ. ތިނަދޫއަށް ގެންދެވިފައެވެ.


Video : 4th Indian Ocean Conference...