އެކްސްސީޑް ފިހާރައިގައި ރޯވި އަލިފާން އެފްއާރުއެސްއިން ނިއްވާލައިފި
06 ޖޫން 2020 13:55

މާލެ ސިޓީ އޮލިމްޕަސް ކުރިމަތީގައި ހުންނަ "އެކްސްސީޑް" ފިހާރައިގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއެރުއެސް)ގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 13:00 ހާއިރު އެފްއާރުއެސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ 13:20 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ފިހާރައިގައި ހުރި ބައެއް މުދަލަށް ވަނީ އެކިވަރުގެ ގެންލުންތައް ލިބިފައެވެ.


Video : 4th Indian Ocean Conference...