ރާއްޖޭގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
04 ޖުލައި 2020 19:08

ރާއްޖޭގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް މިމަހުގެ 3 ވަނަ ދުވަހު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓް "މާފަތް" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

6 މީހުންނާއެކު މ.އަތޮޅުގެ އިރުމަތީ ފަރާތުން 37 ނޯޓިކަލް މޭލު ބޭރުގައި މި ބޯޓު މަސްވެރިކަން ކުރަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އެސަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ދޯނިންނެވެ.

މި ބޯޓު ރާއްޖޭގެ އިޤްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މައްސަލަ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަންނަނީ ތަހުޤީޤުކުރަމުންނެވެ.


Video : 4th Indian Ocean Conference...