ގޭސްފުޅިތަކެއް އޮޔާ ދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަން
06 ޖުލައި 2020 17:17

ތިލަފުށިން ފުރައިގެން މާލެ ދަތުުރުކުރި ދޯންޏަކުން ގުޅީފަޅު ނެރުމައްޗާއި ދިމާލުން ގޭސްފުޅިތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މިއަދު 15:00 ހާއިރު މޯލްޑިވްސް ގޭސް ކުންފުނީިގެ "ގޭސްމާ" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓިފައި ވަނީ ފެހި ކުލައިގެ 10 ކިލޯގެ 6 ގޭސްފުޅިއެވެ. އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.


Video : 4th Indian Ocean Conference...