އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފި
07 ޖުލައި 2020 15:41

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

މިކަމަކަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އަކީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި ސިވިލް އަދި ޕަބްލިކް އެފެއަރޒްގެ ޚިދުމަތްތަކާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ހިއުމަން ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަރޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަޕޯޓް ސަރވިސް އެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަން ކުރައްވާފައިވާއިރު، މިއީ އެމްއެންޑީއެފްގައި އަލަށް އުފެއްދެވި މަޤާމެކެވެ. މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ކާނަލް މުޙައްމަދު އިބްރާޙިމް ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ، ކޮމާންޑަރުގެ މަޤާމުގައެވެ.


Video : 4th Indian Ocean Conference...