އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާ ދާތީވެ، ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން.
18 ޖުލައި 2020 14:38

މަސްވެރިކަމަށް އުޅުނު "ކަނޑުރޯދި" ދޯނި މާލޭގެ އިރުން 17 ނޯޓިކަލް މޭލުން މިއަދު ހެނދުނު 0630 ހާއިރު އަޑިއަށް ދިޔުމާއި ގުޅިގެން މިދޯނީގެ ބައިތައް އޮޔާ ދާތީވެ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޑިޔަށް ދިޔަ ދޯނީގެ ބައިތައް އޮޔާ ގެންދަނީ އިރުދެކުނަށް ވާގޮތަށެވެ. އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.


Video : 4th Indian Ocean Conference...