ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރަން
25 ޖުލައި 2020 23:25

ބ.އަތޮޅާއި ޅ.އަތޮޅާ ދޭތެރެއިން ބޯޓެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ އުޅަނދު އޮޔާ ގެންދަނީ އިރުދެކުނަށް ކާށިދޫ ކަނޑު ތެރެއަށެވެ. ވީމާ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ.

ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ.


Video : 4th Indian Ocean Conference...