ގޫގުލް ލޫން ޕްރޮޖެކްޓްގެ ބެލޫންއެއް ރާއްޖޭގެ ސަރަހަށްދަށް ތިރިކޮށްފި
10 ނޮވެމްބަރ 2020 18:05

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަރނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް" ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ތިރިކޮށްފިއެވެ.

ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަރނެޓް ބެލޫން ރާއްޖެ ސަރަހަށްދަށް ތިރިކުރީ މިމަހުގެ 10 ވަނަ ދުވަހު، ގދ. އަތޮޅު ވާދޫގެ ހުޅަނގުން 3 ނޯޓިކަލް މޭލު ބޭރުން އައްޑޫ ކަނޑަށެވެ. ލޫން ޕްރޮޖެކްޓްގެ މި ބެލޫންގެ ލައިފް މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 08:30 އަށް ހަމަވާތީ، ހުޅުލޭ އެއަރޓްރެފިކް ކޮންޓްރޯލަށާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ގޫގުލް ލޫން ޕްރޮޖެކްޓްއިން ވަނީ ރާއްޖެ ސަރަހަށްދަށް މި ބެލޫން ތިރިކުރާނެ ކަމުގެ މަޢުލޫމާތު، ދީފައެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ އޭވިއޭޝަނުން ކޮންމެ 15 މިނެޓަކުން މި ބެލޫން ޓްރެކްކޮށް ޕޮޒިޝަން ބަލައި މޮނީޓަރކޮށް އެމްއެންޑީއެފް ކޯސްޓްގާޑާއި ހުޅުލޭ އެއަރޓްރެފިކް ކޮންޓްރޯލުން މިކަމުގެ މަޢުލޫމާތު އަޕްޑޭޓް ކުރަމުން އައިސްފައި ވެއެވެ. އަދި މިބެލޫން ކޮންޓްރޯލްކޮށް ރާއްޖޭގެ ސަރަހަށްދަށް ތިރިކޮށްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް އޭވިއޭޝަންއަށާއި ހުޅުލޭ އެއަރޓްރެފިކް ކޮންޓްރޯލަށް އެންގުމަށްފަހުއެވެ. މި ބެލޫން ތިރި ކުރުމުން ރިކަވަރ ކުރުމަށް "ބުލޫ ޓުއަރ" ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.

މި އޮޕަރޭޝަން ކޯސްޓްގާޑް އޭވިއޭޝަންއިން މޮނީޓަރކޮށްފައިވާއިރު، ގޫގުލް ލޫން ޕްރޮޖެކްޓްގެ މި ބެލޫން ރާއްޖޭ ސަރަށްދަށް ތިރިކުރުމުން މި ބެލޫން ރިކަވަރ ކުރާ ލޯކަލް އެޖެންޓުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާއާ ގުޅިގެން މިބެލޫން ލޮކޭޓްކޮށް ރިކަވަރކޮށްފައެވެ.

މި ލޫން ޕްރޮޖެކްޓަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަންއިން ހުއްދަ ލިބިގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. މިގޮތުން ކޮންމެ 6 ގަޑިއަކުން ރާއްޖެ ސަރަހައްދުގައި އުޅޭ ލޫން ބެލޫންތަކުގެ މަޢުލޫމާތު ރާއްޖޭގެ އެއަރޓްރެފިކް ކޮންޓްރޯލަށާއި ކޯސްޓްގާޑް އޭވިއޭޝަންއިން އަޕްޑޭޓް ކުރަމުން ދިޔައެވެ.


Video : 4th Indian Ocean Conference...