އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު، އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅައިފި
16 ޑިސެމްބަރ 2020 09:09

އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ, ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާ  އަޅުއްވައިދެއްވައިފިއެވެ.މި އިމާރާތުގެ ބިންގާ އެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި ޑިސެންބަރު 15 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރުއަދާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ސިފައިންގެ ޢުމްރާނީ ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއަރ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުޙައްމަދު މޫސާ، ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.


ޅ. މާފިލާފުށީގައި އަޅާ މި އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ނިންމަވާފައި ވަނީ އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ 6 ކޮޓަރިއެވެ.

މި އިމާރާތުގެ ބިންގާއެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާއާއި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފް ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...