އާގުބޯޓެއްގައި ހުރި ހާލުދެރަ ފަޅުވެރިއަކު ސިފައިންގެ އެހީތެރިކަމާއެކު އައްޑޫސިޓީއަށް ގެންގޮސްދީފި
18 ޖެނުއަރީ 2021 13:58

އައްޑޫސިޓީގެ ދެކުނުން 311 ނޯޓިކަލް މޭލު ބޭރުކަނޑުން ދަތުރުކުރަމުންދިޔަ އާގު ބޯޓެއްގައި ހުރި ބޭރުގެ ފިރިހެން ފަޅުވެރިއެއްގެ ހާލު ދެރަވުމާ ގުޅިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫސިޓީއަށް ގެންގޮސްދީފިއެވެ.

"އެމްވީ ފެންގް ލޫ" ނަމަކަށް ކިޔާ މި އާގުބޯޓްގައި ހުރި އުމުރުން 25 އަހަރުގެ އިންޑޮނޭޝިއާގެ ފިރިހެން ފަޅުވެރިއެއްގެ ހާލު ސީރިއަސްވެ ޞިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:45 ހާއިރުއެވެ. މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މިބޯޓް މިއަދު ރާއްޖޭގެ ސަރަޙައްދާ ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު މެންދުރު 12:20 ހާއިރު ވަނީ އައްޑޫސިޓީގެ ފޭދޫއަށް ގެންގޮސްދީފައެވެ. އަދި، މި މީހާއަށް ފަރުވާދިނުމަށް އައްޑޫ އިކްއޭޓޯރަލް ހޮސްޕިޓަލަށް މިހާރު ވަނީ ގެންދެވިފައެވެ.


Video : 4th Indian Ocean Conference...