ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
14 ފެބްރުއަރީ 2021 22:11

ހދ. ނާވައިދޫގެ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވި ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ބޯޓު އެ ސަރަޙައްދުގައި ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ މިއަދު 17:42 ހާއިރު، އެ ސަރަޙައްދުގައި މަސްވެރިކަމުގައި އުޅުނު ހދ.މަކުނުދޫ "ރަންދި" ދޯނިންނެވެ. މި ބޯޓާ ބެހޭ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެސްފައިވަނީ މިރޭ 19:08 ހާއިރުއެވެ. އަދި ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ.ކުޅުދުއްފުއްޓަށް މި ބޯޓު ގެންދެވިފައިވަނީ 21:41 ހާއިރުއެވެ. އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެވުނުއިރު ބޯޓުގައި ތިބީ 6 މީހުންނެވެ. މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ބަލަމުންނެވެ.


Video : 4th Indian Ocean Conference...